Welcome To Econnect

About Us

Information about website

އަޅުގަނޑުމެންނަނީ އީ-ކަނެކްޓް މޯލްޑިވްސް އެވެ.

  ވިޔަފާރި ކުރައްވާ ހުރިހާ މުދަލެއް އެއްތަނަކުން ފެންނާނެ ފުރުޞަތު އަޅުގަނޑުމެން މިވަނީ ފަހިކޮށްދީފައެވެ. އީމެއިލް އެޑްރެސް އަދި ފޯނު ނަމްބަރ ޖެއްސެވުމަށްފަހު ވެބްސައިޓުގައިރެޖިސްޓަރ ކުރެއްވޭއެވެ. ރެޖިސްޓަރ ކުރެއްވުމާއިއެކު ތިޔަބޭފުޅުންނަށް ވަކި އެކައުންޓެއް ލިބިލައްވާނެއެވެ. އެކައުންޓް ލިންކް މެދުވެރިކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ތިބޭފުޅުންގެ ޕްރޮޑަކްޓްތައް ޝެއަރ ކުރެވޭނެއެވެ. ވެބްސައިޓުގައި ވިޔަފާރިއާއި ގުޅުންހުރި ހުރިހާ މަޢުލޫމަތެއް ޕޯސްޓު ކުރެވޭނެ. ތިރީގައި އެވަނީ ވެބްސައިޓްގައި ހިމެނޭ މުހިއްމު އިތުރު ބައެއް ފީޗަރސް ތައް

-  ހޯލްސޭލް އަދި ވިޔަފާރި އާއި ގުޅުންހުރި ހުރިހާ ބާވަތެއްގެ އިޝްތިހާރު

-   ވިޔަފާރިއާއި ގުޅޭ ފޮޓޯ، ވީޑިއޯ

-   ވިޔަފާރީގެ ޕްރޮމޯޝަންތައް (ރިއަލް ޓައިމް ކައުންޓްޑައުން ހިމެނޭ ހެން)

-     ގޫގުލް މެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ވިފަޔާރި ކުރައްވާ ތަން ހުރި ސަރަހައްދު ފެންނާނެ ގޮތް ( ބޭނުންފުޅުވާނަ މި ފީޗަރ ނުލައިވެސް ޕޯސްޓު ކުރެވޭނެ)

-          ޕޯސްޓްތަކުގައި ސޯޝަލް މީޑިއާ ހުރިހާ އެކަންޓްތަކެއް އެއްތަނަކުން ކަސްޓަމަރުންނަށް ބެލޭނެ ފީޗަރސްވެސް ހިމެނިފައިވާނެ

ނޯޓު: މިވެބްސައިޓަކީ ރަޖިސްޓްރީ ކުރެވިގެން ހިންގާ ވެބްސައިޓެއް. ރަޖިސްޓްރީ ކުރުމަށްފަހު އެއްވެސް އަގަކާއި ނުލައި ޕޯސްޓުކުރެވޭނެ. އަމިއްލަފުޅަށް ރަޖިސްޓްރީ ކުރުމަށް  ދަތިފުޅުވާނަމަ  ވިޔަފާރިއާއި ގުޅޭ މަޢުލޫމާތު ހިމެނޭ ސޯޝަލް މީޑިއާ ލިންކެއް ނުވަތަ އެފަދަ މަޢުލޫމާތެއް އަޅުގަނޑުމެންނާއި ހިއްސާކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެވުމުން ޔޫޒަރ ނޭމް އަދި ޑިފޯލްޓް ޕާސްވޯޑެއް ލިބިވަޑައިގަންނަވާނެއެވެ. މި ޕާސްވޯޑަކީ ތިބޭފުޅުން ބޭނުންފުޅު ކޮންމެ ގަޑިއެއްގައި ބަދަލުކުރެވޭނެ ޕާސްވޯޑެކެވެ. އިތުރު މަޢޫލޫމާތު ބޭނުންފުޅުވާނަ  9244321  ވައިބަރ/ވަޓްސްއަޕް ކުރައްވާ.